އެމެރިކާގެ ނިއުޔޯކް ގައި ކުރިއަށް ގެންދާ އދ ގެ އާއްމު މަޖިލީސް 78 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ހެލްތް މިނިސްޓްރީގެ ފަރާތުން އިސް ވަފުދެއް ބައިވެރިވެއްޖެއެވެ.

އދ ގެ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނެވި ވަފްދުގައި އިސްކޮށް ހުންނެވީ މިނިސްޓްރީ އޮފް ހެލްތް އަހްމަދު ނަސީމެވެ. އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދް ހަލީލްވެސް ބައިވެރިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އިސްބޭފުުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި މިނިސްޓްރީ ތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނީ، އދ ގެ 3 ހައި-ލެވެލް ބައްދަލުވުމެއްގައިކަމަށްވާއިރު މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރުމަހުގެ 20 ން ފެށިގެން 22 އާއި ހަމައަށެވެ.

މި 3 ހައި ލެވެލް ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައުލޫތަކަކީ "ޔުނިވާސަލް ހެލްތް ކަވަރޭޖް"، "އެލިމިނޭޝަން އޮފް ޓިއުބާކިއުލޯސިސް"، "ޕެންޑަމިކް ޕްރިވެންޝަން " އަދި "ޕްރިޕެއާޑްނަސް އެންޑް ރެސްޕޯންސް" ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާއާއި ގުޅޭ ގައުމުތަކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސައިޑް އިވެންޓްތަކުގައި މިނިސްޓްރީ އޮފް ހެލްތުގެ ބޭފުޅުން ވަނީ ބައިވެރިވުމަށް ހަމަޖެހިފައެވެ.

އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ކޮމްބައިންޑް ޑިސީސް އެލިމިނޭޝަން" ސައިޑް އިވެންޓާއި ޔޫ.އެން. އެއިޑްސް ގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޗްއައިވީއާއި ގުޅޭ ސައިޑް އިވެންޓުގައި މިނިސްޓްރީގެ ބޭފުޅުން ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *