ޒުވާނުންގެ މަންފާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތުތަކުގެ މައުލޫމާތު ޒުވާނުންނާ ހިއްސާ ކުރައްވައިފިއެވެ.

މި މައުލޫމާތުތައް ޒުވާނުންނާއި ހިއްސާ ކުރެއްވީ ރޭ ސީ ހައުސްގައި އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ކުރެއްވުމުގެ ތެރެއިން ފައްޔާޒު، ޒުވާނުންނާއި ބައްދަލުކުރެއްވީ ބުދަ ދަވަހުގެ ރޭ ސީ ހައުސްގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވަނީ އެތަނަށް ދިޔަ ޒުވާނުންނާ ވަކިވަކިން ބައްދަލުކުރައްވައި ކަންބޮޑުވުންތައް އަޑު އައްސަވައިފައެވެ.

ރައީސް ސޯލިހުގެ މެނިފެސްޓޯގައި ވާ "އާ ޒުވާން ޖީލު" ސިޔާސަތުގެ ދަށުން ޒުވާނުންނަށް ހާއްސަ ހައުސިން ސްކީމާއި 'ކޯ-ލިވިން ސްޕޭސް' އަދި ކައުންސިލް ހައުސިން ހިމަނައިފައިވެއެވެ.

ރައީސް ސޯލިހާއި ޑރ.މުއިއްޒު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ މިމަހުގެ 30 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *