ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަދި ޤާސިމްގެ އަރިހުގަްި ކެމްޕޭނުގައި އުޅުއްވި އަލީ ސޯލިހު ވެސް ރޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމަވައިފިއެވެ.
ޖޭޕީން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.
އެހެންނަމަވެސް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ނިންނަވާފައިވަނީ ޕާޓީ ކައުންސިލުގެ ނިންމުމާއި އެއްގޮތަށް އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.
އެހެންނަމަވެސް އެ ޕާޓީގެ މެންބަރުން ޕާޓީގެ ނަންބޭނުން ނުކޮށް އިންތިހާބުގެ ދެވަނަ ބުރުގައި ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ އިހްތިޔާރު އޮންނާނެ ކަމަށް ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.