ސިވިލް ކޯޓުގެ ހިންގުން 20 ސެޕްޓެމްބަރުން ފެށިގެން ވަގުތީގޮތުން އެ ކޯޓުގެ ޤާޟީ ފަރުހާދު ރަޝީދުއާ ޙަވާލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ސިވިލް ކޯޓުން މިގޮތަށް ހަމަޖައްސާފައި މިވަނީ 20 ސެޕްޓެމްބަރުގައި ކުއްލިގޮތަކަށް އެ ކޯޓުގެ އިސް ގާޒީ އަހުމަދު ނިމާލް ޖުނެއިދު އަވަހާރަވުމާއި ގުޅިގެންނެވެ.
އުމުރުން 36 އަހަރުގެ ނިމާލް އަވަހާރަވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށްކަމަށް މީޑިއާ ތަކުން މައުލޫމާތުދެއެވެ.
އަދި ނިމާލް އިސްގާޒީ ކަމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ ރިޓަޔާކުރެއްވުމުންނެވެ.