އަނީލް ކަޕޫރް އޭނަގެ ވަކީލު އަމީތް ނައިކް މެދުވެރިކޮށް އޭނާގެ ޝަހުސިއްޔަތު ހިމާޔަތްކުރުމަށް ދިލްއީ ހައިކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބުކޮށްފިއެވެ.
އެއީ އޭއައި ނުވަތަ ޑިޖިޓަލް މީޑިއާގެ ޒަރިއްޔާއިން އެއްވެސް ކަހަލަ ނުބައި ބޭނުންތަކުން އަނިލް އޭނާގެ ނަމާއި ތަސްވީރާއި ވައްތަރުކަމާއި އަޑު އަދި އޭނާގެ ޝަހުސިއްޔަތުގެ އެހެނިހެން ސިފަތައް ހިމެނޭ ގޮތަށް ހުންނަ އެއްޗެހި ނައްތާލާ ހިމާޔަޔަތްކުރުމުގެ ގޮތުން ހުށަހެޅި މައްސަލައެއްކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ދިއްލީ ހައި ކޯޓުން ވަނީ ތަފްސީލް އަޑުއެހުމަކަށް ފަހު އަނިލްގެ ޝަޚުސިއްޔަތުގެ ހައްގުތައް ގަބޫލުކޮށް، އޭނާގެ ހުއްދަ ނެތި އެއްވެސް ގޮތަކަށް އޭނާގެ ޝަޚުސިއްޔަތުގެ ސިފަތައް ނުބައިކޮށް ބޭނުންކުރަން މަސައްކަތްކުރި ހުރިހާ އެންމެނަށް އެކަން ހުއްޓާލުމަށް އަމުރެއް ނެރެފައެވެ.
މީޑިއާއާއި ވާހަކަ ދައްކަމުން އަނީލް ބުނީ މި ކޯޓު އަމުރާ މެދު އޭނާ ވަރަށް އުފާވާ ކަމަށާއި އަދި ހައި ކޯޓުން ނެރުނު މިއަމުރުގެ ސަބަބުން ހަމައެކަނި ފައިދާވާނީ އޭނާއަށް އެކަނި ނޫންކަމަށެވެ. އަދި އެއީ އެހެން އެކްޓަރުންނަށް ވެސް ވަރަށް ފައިދާހުރި ރަނގަޅު ބަދަލަކަށް ވެގެންދާނެކަމަށް ވަނީ ބުނެފައެވެ. ސަބަބަކީ ޓެކްނޮލޮޖީއާއި އޭއައި ޓެކްނޮލޮޖީއަކީ ކޮންމެ ދުވަހަކުވެސް ތަރައްގީވަމުން އަންނަ އެއްޗަކަށްވެފައި ވިޔަފާރީގެ ގޮތުން މުޅިން ފައިދާ ނަގައި ނުބައިކޮށް ބޭނުންކުރެވިދާނެ އެއްޗަކަށް ވާތީކަމަށް އަނިލްވަނީ ބުނަފައެވެ.
އަނިލް ކަޕޫރް މިފިޔަވަޅު އެޅީ އޭނާއާއި ވައްތަރު ގިނަ އަދަދެއްގެ މޯފްޑް ވީޑިއޯތަކާއި އިމޯޖީތަކުގެ އިތުރުން އޭނާ 1985 ވަނަ އަހަރު ކުޅެފައިވާ ފިލްމް "ޔުދްހް" ގެ މަޝްހޫރު ޢިބާރާތް “ޖަކާސް” ހުއްދަނެތި ބޭނުންކުރަމުން އަންނާތީކަމަށް އިންޑިއާގެ މީޑިއާ ތަކުން ބުނެއެވެ.