ސިފްކޯ ހިޔާ ފްލެޓްތައް ސިފައިންގެ އާއިލާތަކަށް ދައްކާލަނީ - ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ ސިފްކޯ ފްލެޓްތައް ލިބުނު ފަރާތްތަކަށް ރަސްމީކޮށް ތަޅުދަނޑި ޙަވާލުކުރަން ފަށައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ފްލެޓް ލިބިނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރަން ފައްޓަވައިދެއްވާފައެވެ.

3 ޓަވަރަކަށް ތަރައްޤީކޮށްފައިވާ މި ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރަން ފަށާފައިވަނީ ޓަވަރ A އިން ފްލެޓް ލިބުނު ފަރާތްތަކަށެވެ.

ތަޅުދަނޑި ހަވާލުކުރުމާއެކު، އާއިލާތަކަށް އެޕާޓްމަންޓްތައް ބަލާލުމުގެ ފުރުޞަތުވެސް މިއަދު ވަނީ ދީފައެވެ.

އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުއަކީ މީގެ 10 އަހަރު ކުރިން ފެށި މަޝްރޫޢުއެކެވެ. އޭރު އެ މަޝްރޫޢު ކުރިއަށްގެންދިޔައީ ނޫމަޑިއާއި ހަވާލުކޮށްގެންނެވެ.

ނަމަވެސް އެކި މައްސަލަތަކާއި ގުޅިގެން ނޫމަޑިއާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ 2016 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރުންނެވެ.

އަދި މި މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފުލުހުންނާއި ސިފައިންގެ ލިސްޓްވެސް އޭރު އޮތީ އިޢުލާންކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *