ކެނެޑާގައި ހަރްދީޕް ސިންހް މަރާލުމުގައި އިންޑިޔާއިން ބައިވެރިވި ކަމަށް ކުރާ ތުހުމަތުތައް ސާބިތުކޮށްދީފިނަމަ، އެކަން ވާނީ ބައިނަލްއަގްވާމީ، އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާއި ހިލާފު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މީޑިއާގައި ވިދާޅުވީ ކެނެޑާގެ ސަރުކާރުން މިހާރު ތަހުގީގްކުރަމުން ދަނީ އިންޑިއާ ސަރުކާރުން ކެނެޑާގައި ސިކުންގެ ސެޕަރޭޓިސްޓް ލީޑަރު ހަރްދީޕް ސިންހް މަރާލުމާއި މެދު އުފެދިފައިވާ ތުހުމަތުތަކަކީ ހަގީގަތެއްތޯ ބެލުންކަމަށެވެ.

ކެނެޑާގައި ސިކުންގެ ލީޑަރު މަރާލުމުގެ އިންޑިއާގެ އަތެއްވޭތޯ ބެލުމަށް ކެނެޑާއިން ގެންދަނީ ތަހްގީގު ކުރަމުނުް

މިއަހަރުގެ ޖޫން 18ގައި މަރާލި ސިކުންގެ ލީޑަރު ހަރްދީޕްކީ ކެނެޑާގައި ދިރިއުޅުނު މީހެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ ކެނެޑާގައި ދިރިއުޅޭ ސިކުންނަށް ޙަލިސްތާން މިނިވަން ވަޒަނަކަށް ހަދައިދިނުމަށް ވަކާލާތުކުރާ މީހެއްގެ ގޮތުގައެވެ.

ކެނެޑާގައި މަސައްކަތްކުރާ  ބައިނަލްއަގްވާމީ މައްސަލަތަކަށް ވަކާލާތު ކުރާ ވަކީލެއް ވިދާޅުވީ ކެނެޑާއިން މިކަން ތަހުގީގުކުރުމަށް އިޚްތިޔާރުކުރާ ގޮތަކުން މި މައްސަލައި އަކީ ކިހާ ސީރިއަސް މައްސަލައެއްކަން އެނގިގެންދާނެއެވެ.

އިންޑިއާގެ ސަރުކާރުންވަނީ ހަރްދީޕް މަރާލީ އިންޑިއާއިން ކަމަށް ކެނެޑާއިން ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އިންޑިއާއިން ބުނީ ކެނެޑާގެ ލީޑަރުން އިންޑިއާ އާއި ދެކޮޅު ކަންކަމާއި މެދު ހަމްދަރުދީވާ ކަމަށެވެ.

އިންޑިއާގައި މިނިވަން ސިކުންގެ ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރި ހަރްދީޕް އަކީ "ޓެރަރިސްޓް" އެއްކަމަށް އިންޑިއާއިން ލޭބަލްކޮށްފައިވާ ކަމަށްވެސް ބައެއް ރިޕޯޓްތަެް ބުނެއެވެ. އިންޑިއާއިން ވަނީ ސިކުންގެ "ހައްދުފަހަނަޅާފައިވާ ފިކުރު" ހުއްޓުވުމަށް މަސައްކަތް ނުކުރާކަމަށްބުނެ ކެނެޑާގެ ތުހުމަތުތައް ކުށްވެރިކޮށްފައެވެ.

ސިކުންގެ ލީޑަރު މަރާލުމާއި ގުޅިގެން އިންޑިއާ ރައްޔިތުން ކެނެޑާއަށް ދަތުރު ނުކުރުމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެޔާޒް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އަންގާރަ ދުވަހު ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މީޑިއާގައި ވިދާޅުވީ އިންޑިއާއިން މިމައްސަލަ ސީރިއަސްކޮށް ބަލައިގަންނަން ޖެހޭކަމަށެވެ. ޓްރޫޑޯ ވިދާޅުވީ ކެނެޑާގެ މަގްސަދަކީ މި މައްސަލަ ސުލްހަވެރިކޮށް ހައްލުކުރުންކަމަށާއި މައްސަަލަ އިތުރަށް ގޯސް ވުމަށް ތަންދިނުމަކީ އެއްގޮތަކަށް އެދިވަޑައިގަންނަވާ ގޮތް ނޫންކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *