ޗައިނާގެ ޖިއާންގްސޫގެ އިރުމަތީ ޕްރޮވިންސްއަށް އެރި ބާރުގަދަ ތޫފަނުގައި ބުދަ ދުވަހު 10 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާއިރު ތޫފާނުގެ ގަދަ ވަޔާއި ވިއްސާރައިން ރައްކާތެރިވެ ތިބުމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން އިންޒާރު ދީފިއެވެ.

މި ތޫފާނުގައި 10 މީހުން މަރުވެ އެތައްބައެއްގެ ގެދޮރު ސުންނާފަތިވެ، ގަސްތަށްވެސް މުލުން ލުހެވިގެން އައިސްފައިވެއެވެ. މި ތޫފާނުގެ ބާރު އަދިވެސް ނުކެނޑޭތީ ޗައިނާގެ އޮފިޝަލުން ވަނީ އާންމުން ރައްކާތެރިވެ ތިބުމަށް އަންގާ ތޫފާނުގެ ނުރައްކަލަށް ސަމާލުވުމަށް އިންޒާރު ނެރެފައެވެ.

ޗައިނާގެ ސްޓޭޓް މީޑިއާކަމަށް ވާ ސީސީޓީވީ އިން ބުނީ މި ތޫފާން ފުރަތަމަ އަރާފައިވަނީ ޖިއާންގްސޫ ޕްރޮވިންސްގެ އާބާދީ ބޮޑު ރަށެއް ކަމަށްވާ ސުގިއާން ސިޓީއަށް ކަމަށެވެ. އެ ސިޓީއަށް ތޫފާން އެރީ އަންގާރަ ދުވަހުގެ ފަތިހު 5:20ގައެވެ.

ޗައިނާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި ތޫފާނުގެ ސަބަބުން 5،550 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހި، 137 ގެދޮރު ހަލާލުވެފައިވެއެވެ. އަދި އެތަކެއް ސަތޭކަ ބައެއް ވަނީ އެމީހުންގެ ގެދޮރުން ނެރެ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް އޮފިޝަލުން އަންނަނީ ކުރަމުންނެވެ.

ތޫފާނުގެ ބިރުވެރި މަންޒަރު ހަމަލޮލުން ދުއް މީހުން ރިކޯޑުކޮށްފައިވާ ވީޑިއޯތައް ވަނީ އެކްސް ގައި ދައުރުކޮށްފައެވެ.ވީޑިއޯތަކުން ތޫފާނުގެ ގަދަ ފަދަ ވަޔާއެކު އިމާރާތްތައް މަތިން ފުރާޅުތަކާއި އެހެނިހެން ތަކެތި ވަޔާއެކު ވެއްޓޭ މަންޒަރު ފެނެއެވެ.

ޗައިނާގެ މަޝްހޫރު މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ވެއިބޯގައި މަންޒަރު ދުން މީހަކު ބުނެފައިވަނީ އޭނާ ދިރިއުޅޭ ގޭ ދޮރު ކުރިމަތީގައި ހުރި އިރު ސޯލާ ޕެނަލްތަކާއި ބައިވަރު ގަސްތައްވެސް ވަޔާއެކު މަތީގައި އުދުހޭތަން ފެނުންކަމަށާއި މިއީ ވަރަށް ހައިރާން ކުރުވަނި މަންޒަރެއް ކަމަށެވެ.

ޗައިނާގެ މޫސުމާއި ބެހޭ ރަސްމީ އިދާރާއިން ވަނީ ހުޅަނގު ދެކުނުގެ ރަށްތައް ކަމަށްވާ ޗޮންގިން، ގުއިޒޯ، ހުނާން އަދި ހޫބޭއަށް ތޫފާން އަރާފާނެކަމުގެ އިންޒާރުދީފައެވެ.

ގަދަ ވަޔާ އެކު އެރި ތޫފާނަކީ އާންމުކޮށް ޗައިނާއަށް ނާރާ ޒާތުގެ ތޫފާނަކަށް ވީނަމަވެސް ފާއިތުވި އެރި ތޫފާންތަކުގައި ކޮންމެ ފަހަރަކުވެސް ޖިއާންގްސޫ ޕްރޮވިންސްއަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *