އިންޖީނު ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް މާލީގޮތުން ލުއިފަސޭހަ ކޮށްދިނުމަށްޓަކައ،ި ހިިންގާ ހާއްސަ ޕްރޮމޯޝަނަކާއި ގުޅޭ އެއްބަސްވުމެއްގައި އެމްޓީސީސީ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އެކު ސޮއިކޮށްފިއެވެ.

މި ޕްރޮމޯޝަންގެ މަޤްސަދަކ،ީ އިންޖީނު ފައިނޭންސްކުރުމުގައި ކަސްޓަމަރުންނަށް ލުއި ގޮތްތައް ހޯދައިދިނުމާއ،ި މަސްވެރިންނާއ،ި ކަނޑު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއ،ި މޫދު ކުޅިވަރު ފަދަ ހަރަކާތްތަކުގައި ޝާމިލުވެއުޅޭ ފަރާތްތަކުން އިންޖީނަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މި އެމްއޯޔޫގައި ސޮއެކުރުމަށް އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމްއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މުފައްދަލް އިދްރީސް ޚުމްރީއެވެ.

އިއްޔެ ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން، އިއްޔެއިން ފެށިގެން 30 ޑިސެމްބަރު 2023 ގެ ނިޔަލަށް އެމްޓީސީސީ އިން ވިއްކާ ޔަންމާ އަދި ސުޒުކީ ބްރޭންޑްގެ އިންޖީނު ބައްލަވައި ގަންނަވާ ކަސްޓަމަރުންނަށް ދިގުމުއްދަތަށް ބަހާލައިގެން އިސްލާމީ ޢުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން އިންޖީނަށް ފައިސާދައްކާ ޙަލާސްކުރެވޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މި އެމްއޯޔޫގެ ދަށުން ސުޒުކީ އައުޓްބޯޑު އިންޖީނުން (2.5 އެޗ.ްޕީ އިން 325 އެޗ.ްޕީ އާއި ހަމައަށް) 8 ޕަސެންޓްގެ
ޑިސްކައުންޓެއް އަދި ޔަންމާ (35 އެޗ.ްޕީ އިން 1400 އެޗ.ްޕީ އާހަމައަށް) އިންޖީނުން 5 ޕަސެންޓްގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

މިކަމާއި ގުޅޭ ގޮތުން ކަސްޓަމަރުން ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އެމްޓީސީސީއާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގުޅިގެން ތަފާތު ހަރަކާތްތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީ އިން ބުނީ މީޑިއާ އާއި މީސް މީޑިއާގެ ޕްލެޓްފޯރމްތަކާއ،ި އޮޑިވެރިންނާއި އޮޑިދޯނިފަހަރު ބަންނަ ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވައިގެން ކަސްޓަމަރުންނަށް މި ކަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *