ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ސަރުކާރުން ދިން ހުއްދައިގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

ކަރެކްޝަންސް އިން ބުނީ އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް އޭނާގެ ފަރާތުން މެޑިކަލް ބޯޑަށް ހުށަހެޅުމުން އެ ބޯޑުގެ ލަފާގެ މަތިން އޭނާގެ ބޭސްފަރުވާގެ މުއްދަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަަށެވެ.

އަދީބު  ރާއްޖޭން ބޭރަށް ފޮނުއްވެވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދިނުމުން، ކަރެކްޝަންގެ މެޑިކަލް ބޯޑުން އެގޮތަށް ލަފާ ދިނުމުންނެވެ. އަދި އޭނާ ފަރުވާ ހޯދަމުން ދަނީ ނާރުގެ ބައްޔަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު ގޭ ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލުކޮޅު ދެރަވެގެން، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދެއްވުމަށްފަހު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން ދިހަ ދުވަހުގެ ހުއްދައެއް ދިނީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އެއަށްފަހު އެ މުއްދަތު ވަނީ މީގެކުރިން ދެ ފަހަރެއްމަތިން އިތުރުކޮށްފައެވެ.

އަދީބު ވަނީ ޕެރޯލްގެ ދަށުން އަދަބު ލުއިކުރަން ހުށަހަޅައިފައިވާ ނަމަވެސް އެ ހުށަހެޅުމަށް އަދި ގޮތެއް ނުނިންމައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *