ބިންވެރިޔާ ސްކީމުން މާލޭގެ ރައްޔިތުންނަށް ހުޅުމާލޭން ގޯތި ދޭން ކަނޑައަޅާފައިވާ ސަރަހައްދެއް - ފޮޓޯ: ސަން

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ބިން ލިބުނު ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ފެށުމަށް އެދެމުންދާތީ މަސައްކަތް ފެށޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން އިމާރާތް ކުރުމާއި ގުޅޭ އުސޫލުތައް އާބަންކޯއިން އާންމުކޮށްފިއެވެ.

އާބަންކޯގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މި އުސޫލުގައި ވާގޮތުން މިވަގުތަށް އެންމެ އުސްކޮށް އިމާރާތް ކުރެވޭނީ 6 ފަންގިފިލާއަށެވެ. އެހެންނަމަވެސް މި އުސްމިނަށް އަދި ބަދަލު އަންނާނެކަމަށް އާބަންކޯއިން ބުނެއެވެ. އެގޮތުން މިހާރު ވެސް ވަނީ އިމާރާތުގެ އުސްމިން 10 ފަންގިފިލާއަށް ބަދަލުކުރުމަށް ގަވާއިދު އެކުލަވާލާފައިވާކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ އެ ގަވާއިދު ކަމާބެހޭ ވުޒާރާތަކުން ފާސްކޮށް ގެޒެޓްކުރުމާއި އެކު 10 ފަންގިފިލާގެ ގަވާއިދަށް އަމަލު ކުރެވެން ފަށާނެކަމަށެވެ.

އިމާރާތް ކުރުމުގެ އުސޫލު އާންމުކުރުމުން މަސައްކަތް ނުފެށިފައިވާ ފަރާތްތަކަށް މިކަމުގެ ސަބަބުން ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާކަމަށް އާބަންކޯއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *