މިނިސްޓަރ އޮފް އެންވަޔަރުމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަނިޔާވެރި ނުވާނެ ކަމަށާއި އެމަނިކުފާނު ވައްކަން ވެސް ނުކުރައްވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ގަލޮޅު ކަންމަތީގައި ރޭބޭއްވި "އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ރައީސް ސޯލިހް އަނިޔާވެރި ނުވާނެކަމާއި ވައްކަން ނުކުރައްވާނެކަން އެންމެ ރަނގަޅަށް އެނގޭނީ ގަލޮޅުގެ ރައްޔިތުންނަށް ކަމަށެވެ. އަދި އެއީ ޔަޤީންކަން އޮތް ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޝައުނަ ވިދާޅުވީ މުޅި ގަލޮޅު އެއްކޮށް ރޭގެ ބައްދަލުވުމަށް ނިކުމެ އޮތީ އެސަބަބާހުރެ ކަމަށެވެ. އަދި އެމްޑީޕީ ނޫން ކެންޑިޑޭޓަކަށް މީގެ ކުރިން ގަލޮޅުގެ ރައްޔިތުން އާނބަސް ބަސް ބުނެފައި ނުވާކަމަށާއި އެކަން އެގޮތުގައި ދެމެހެއްޓުމަށް ޝައުނާ އެދިވަޑައިގެންނެވިއެވެ.

އެމްޑީޕީން ކުރަމުން އަންނަ މަސައްކަތަކީ މުޅި ރާއްޖެ ބަދަލު ކުރުމުގެ މަސައްކަތް ކަމަށާއި އަމާން ރާއްޖެއަކަށް ފެށި ދަތުރުގައި މި ސަރުކާރުން ގިނަ ވައުދުތައް ވެ، އެ ވައުދުތައް ފުއްދާފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތީ އަނިޔާވެރިކަމުގެ ފިކުރާއި ހެޔޮވެރިކަމުގެ ފިކުރުކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ ފާއިތުވި މާޒީގައި ލިބުނު އަނިޔާތައް ރައްޔިތުން ހަނދާން ނުނެތޭނެ ކަމަށެވެ.

ޝައުނާ ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ރައީސް ޞާލިޙް ބޮޑުތަނުން ކާމިޔާބު ކުރަށްވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *