މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވަމުންދާ ވަގުތެއްގައި ބަރުލަމާނީގެ ސައްލާތައް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަރުލަމާނީ ގަރާރު ބަލައިގަނެ، ރައްޔިތުން މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވަން ވޯޓު ދެއްވާފައިނުވާނެ ކަމަށެވެ.

އަދި މި ދަނޑިވަޅަކީ ވެރިކަމުގެ ނިޒާމާއިބެހޭ ސައްލާތައް ކުރުން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރު މަޖިލީހަށް މިއަދު ބަލައިގަނެ ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މި ގަރާރަށް ބަހުސް ކުރުމަށްޓަަކައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވެގެން ޖަލްސާ ފެށުނީ 10:10 ގައެވެ.

މަޖިލީހުގެ ކޯރަމް ހަމަނުވާ މައްސަލައިގައި އެމްޑީޕީއަށާއި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އަށް މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *