އިންޑިއާގެ ވޯގް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ސާރާ އަލީ ހާން ބުނީ އޭނާގެ އަތުގައި ލަގްޒަރީ ބްރޭނޑްގެ އެއްވެސް ހެދުމެއް ނުހުންނަ ކަމަށެވެ.

ސާރާ ބުނީ ލަގްޒަރީ ފޭރާމަށްވުރެ ތެދުވެރިކަމުގެ ފޭރާން ލުމަކީ އޭނާ މާ ހިތްހަމަޖެހި އުފާވާކަމެއްކަމަށެވެ. މަޝްހޫރު ފިލްމް "ސިމްބާ" އިން ފެނިގެން ދިޔަ ބަތަލާ ސާރާ ބުނީ އޭނާގެ އަލަމާރީގައިވެސް ބްރޭންޑެޑް ހެދުމެއް ނުހުންނާނެކަމަށާއި ގިނަ ބަޔަކު އޭނާއަށް މިކަމުގެ ސަބަބުން ފާޑުކިޔާ އުޅޭ ކަމަށެވެ.

ނަމަވެސްއެ ދުވަސްތައް ފާއިތުވެ އެ މީހުންގެ ފާޑުކިޔުންތައް މިހާރު ތައުރީފްތަކަށް ބަދަލުވެފައިވާ ކަމަށެވެ. އެމީހުން ސާރާގެ ރަނގަޅު އަޚްލާގާ ސިފަތައް ބަލައިގަނެ ޝުކުރުވެރިވާކަމަށް ސާރާ ބުންޏެވެ.

މީގެ ތަންކޮޅެއް ކުރީގެ އެވޯޑް ޝޯއަކުންވެސް ސާރާ ވަނީ އޭނާގެ ސަޕޯޓަރުން ހައިރާންކޮށްލާފައެވެ. ޕަޕަރާޒީއެއް ކުރި ސުވާލަކަށް ޖަވާބު ދެމުން ސާރާ ބުނީ އޭނާ ބޭރުގައުމުތަކަށް ދަތުރު ކުރާއިރު ދުވާލަކަށް 400 ރުޕީސްއަށް ވުރެން ގިނައިން ހަރަދުވެއްޖެނަމަ ހިތް ނުތަނަވަސްވާކަމަށެވެ. މި ޖަވާބު އަޑުއިވިފަ ގިނަ ބަޔަކު ވަނީ ސާރާއަކީ މެދު ފަންތީގެ މީހުންގެ ދިރިއުޅުމުގެ އުސޫލުތައް ގެންގުޅޭ ކުއްޖެއްކަމަށް ބުނެފައެވެ.

ސާރާ ވޯގް މެގަޒިންއަށް ދިން އިންޓަވިއުގައި ބުނީ ކުރު ގޮތަކަށް ބުނާނަމަ ފިލްމުގެ ސެޓްތަކުގައި ނުހުންނައިރު ފިލްމީ މަޝްހޫރު މީހެއްހެން އުޅުމަކީ އޭނާ އެހާ ގަޔާވާކަމެއް ނޫންކަމަށާ އަދި ކަމުދާކަމެއްވެސް ނޫން ކަމަށެވެ.

ސާރާ ބުނީ އެއާޕޯޓް ފަދަ މީހުން ގިނަ ތަންތަނަށް ދާއިރު މޭކަޕްކޮށް ރީތި ގޮތްގޮތަށް އިސްތަށިގނޑު ހެދުމަކީ އޭނާއަށް މުހިއްމު ކަމެއް ނޫންކަމަށެވެ. ބޭނުންވަނީ އޭނާގެ އަސްލުގޮތުގައި ދެމިހުންނަން ކަމަށް ސާރާ ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *