އުޒްބެކިސްތާން ކަސްޓަމްސްގެ ޕޯސްޓް ކްލިއަރެންސް އޯޑިޓްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި، އެ ގައުމުގެ ސްޓޭޓް ކަސްޓަމްސް ކޮމިޓީ (އެސް.ސީ.ސީ)ގެ ފަރާތުން ރާއްޖެއަށް ޒިޔާރަތްކުރި ވަފްދުގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ބުނީ، އެ ވަފްދަށް  ހާއްސަކޮށްގެން 5 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ހިންގާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި 2011 ވަނަ އަހަރު ކަސްޓަމްސްގެ ގާނޫނު ވުޖޫދަށް އައުމާއި ގުޅިގެން، ގާނޫނުން ލާޒިމްކުރާ ޕޯސްޓް ކްލިއަރެންސް އޯޑިޓްގެ މަސައްކަތްތައް ފެށިގެން އައި ގޮތާއި، ގިނަ ގޮންޖެހުންތަކަކާއި އެކު މަސައްކަތްކޮށް، އެކަންކަމުން އަރައިގަތުމަށްޓަކައި ކުރި  މަސައްކަތަށް އަޅުވާލާލި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މީގެއިތުރުން، ވިޔަފާރިވެރިންނާއި ޢާއްމުން ހޭލުންތެރިކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ އިތުރުން، މިދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށްޓަކައި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައިފައިވެއެވެ.

އެ ކަންކަމަށް ބަލައި ދިރާސާކޮށް، އުޒްބެކިސްތާން ކަސްޓަމްސްއަށް ކުރެވިދާނެ ކަންކަން މަސައްކަތު ބައްދަލުވުމުގެތެރެއިން ވަނީ ދެނެގަނެވިފައެވެ.

ކަސްޓަމްސްއިން ބުނީ ޕޯސްޓް ކްލިއަރެންސް އޯޑިޓްގެ ދާއިރާ ފުޅާކޮށް ތަރައްޤީކުރުމަށްޓަކައި ވޭތުވެދިޔަ އަހަރުތަކުގައި ކުރެވުނު ބުރަ މަސައްކަތުން، ރާއްޖޭގެ ކަސްޓަމްސްގެ ޕޯސްޓް ކްލިއަރެންސް ނިޒާމަކީ ބައިނަލް އަޤްވާމީ ފެންވަރުގައި ބަލައިގަންނަ މަސައްކަތަކަށްވެގެންދިއުމަކީ މި ފަޚުރުވެރިކަމާއެކު ފާހަގަކުރާ ކަމެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *