ޑިޕްރެޝަނައަކީ މިހާރުގެ މުޖްތަމައުގައި ވަރަށް އާންމުކަމަކަށްވާއިރު މި ނަފްސާނީ ބައްޔަކީ އެކި މީހުން ތަފާތު ސަބަބުތަކާއި ހުރެ ތަހައްމަލް ކުރަންޖެހިދާނެ ކަމެކެވެ. ޑިޕްރެޝަންގައި ތިބޭ މީހުން ގިނަފަހަރަށް މަޑުމަޑުން ހުރިހާ ކަމަކަށް ޝައުގުވެރިކަން ގެއްލި ދިރިއުޅުމުގައި ކުރާ ހުރިހާ ކަންކަމަކީ މާނައެއް ނެތް ކަމެއްކަމަށް ހީވެގެން ދިއުމަކީ އެކަށީގެންވާކަމެކެވެ.
ޑިޕރްރެޝަންގެ ބައެއް އަލާމާތްތަކަށް ބަލާލާއިރު ރުޅިގަދަވުމާއި، ހިތާމަވެރިކަމުގެ އިހުސާސް ކުރުމާއި، ނިދުމަށް އުނދަގޫވުމާއި، ޝައުގުވެރިކަން ގެއްލުންފަދަ ކަންކަމަކީ ވަރަށް އާންމުކަމެކެވެ. މަޝްހޫރު ތެރަޕިސްޓް އެންޑްރިއާ އެވްޖީނިއޯ ވަނީ ކުރުގޮތަކަށް ޑިޕްރެޝަންއިން ސަލާމަތްވެވޭނެ މޮޅު އަދި ފަސޭހަ ގޮތްތަކެއް މިވަނީ ކިޔައިދީފައެވެ.
އެގޮތުން ހިތުގެ އަޑިން ތައުރީފެއް ކޮށްގެން މީހެއްގެ ދުވަސް އުޖާލާކޮށްލުމާއި، ޑިޕްރެޝަނަށް މަގުފަހިވާކަންކަމުން ދުރުހެލިވެ ހުރުމާއި، ހިތް ހެއްވާލާފަދަ އުފާވެރި ހަނދާންތައް އާކުރުމާއި، ޑިޕްރެޝަންގެ ކުރިން މުޅި އުމުރު އުނގެނުނު ކަންކަމުގައި އަލުން ގަދަޔަށް ހިފެހެއްޓުމާއި، ހިތްހަމަޖެހޭފަދަ މިއުޒިކީ ޕްލޭލިސްޓެއް ހަދާލުން ފަދަ ކަންކަން އެންޑްރިއާގެ ފާހަގަކޮށްފައިވެއެވެ.
ތިރީގައި މިވަނީ ޑިޕްރެޝަނުން ސަލާމަތްވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަސޭހަކަމައިއެކު ކުރެވިދާނެ ބައެއްކަންކަމެވެ.
އުފާވެރި ހަރަކާތްތައް ހީވާގިކަމާއެކު ކުރިއަށް ގެންދިއުން:
އަޅުގަނޑުމެން ޝައުގުވެރިވާ ކަންތައްތައް ހީވާގިކަމާއެކު ކުރިއަށް ގެންދަން ޖެހެއެވެ. އެއީ ކުރިމަތިވާ އަނދިރި ވަގުތުތަކުގައި އަޅުގަނޑުމެންނަށް ކުރާހިތުުން ކެތްމަދުވެފައި ތިބޭނެ ކަމެއް އޮތްކަން ކަށަވަރުކޮށްދޭނެ ކަމެކެވެ.
ކާމިޔާބީތަކުގެ ލިސްޓެއް ހެދުން:
ކިތަންމެ ކުދި ކާމިޔާބީއެއް ނަމަވެސް އެކަންކަން ފާހަގަކުރުމަކީ ކަންކަމުގެ އުޖާލާ ފަރާތަށް ބަލާލުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި މެދުވެސް އުފާވެރިކަން އިޙްސާސް ކުރެވިގެންދާނެއެވެ.
މުހިއްމު މަސައްކަތަކަށް ވަގުތު ހުސްކުރުން:
އަޅުގަނޑުމެންނަށް މުހިންމު ނުވަތަ މާނަހުރި ކަމެއްގެ ސަބަބުން ޝައުގުވެރިކަން އަނބުރާ ގެނެސްދީ، އެހެން މީހުންނަށްޓަކައި ކޮންމެވެސް ކަމެއް ކޮށްދީފައިވާ ކަމުގެ އިހުސާސް ކުރެވޭނެއެވެ.
އުފާވެރި ލަވަތަކުގެ ޕްލޭލިސްޓެއް:
އަޅުގަނޑުމެން އުފާކޮށްދޭ ލަވަތަކުގެ ޕްލޭލިސްޓެއް ހަދާލަން ޖެހެއެވެ. އެކަނިވެރިކަމާއި އަނދިރިކަން އިހުސާސްވާވަގުތުގައި ލަވަތައް ކުޅެލުމުން މަޑުމަޑުން މޫޑު ރަނގަޅު ވެގެންދާނެއެވެ.
އައު ކަމެއް ދަސްކުރުން:
އާ ކަމެއް ދަސްކުރުމަށް ވަގުތު ހާއްސަކުރާއިރު، ވަގުތުން އެކަމުގައި އާ ޝައުގުވެރިކަންތަކެއް ހޯދުމަށް މަގުފަހިވެގެންދެއެވެ. އައު ކަމެއް ދަސްކުރުމުން ހިތުގައި ހަރުލާފަހުންނަ ދެރަ ހިޔާލުތައް މަޑުމަޑުން ފޮހެވިގެން ދިއުމަށް މަގުފަހިކޮށްދެއެވެ.