ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ފަސް މީހަކު ބޭރަށް ފޮނުވުމަށް ސަރުކާރުން ނިންމައިފިއެވެ.

ބޯންމެރޯ ހެދުމަށް ފަސް ފަރާތެއް ފޮނުވުމަށް ނިންމާފައިވަނީ ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރުއެވެ.

ސަރުކާރުން މީގެ ކުރިން ވެސް ތެލަސީމިއާ ބަލިމީހުން, ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ޒަކާތު ފަނޑުގެ އެހީގައި ވަނީ ފޮނުވާފައެވެ. ޒަކާތު ފަންޑުގެ އެހީގައި 2018 ވަނަ އަހަރު ޖެނުއަރީ މަހުގެ ނިޔަލަށް 55 ކުދިންނަށް ވަނީ, ބޯންމެރޯ ހެދުމުގެ ފުރުސަތު ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަޙުމަދު ނަސީމް ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒު ކަމަށެވެ. އަދި އެ އަމާޒަށް ވާސިލް ވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރެއްވިއެވެ.

އެގޮތުން މިނިސްޓަރު ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ތެލެސީމިއާ އައު ސެންޓަރެއް ގާއިމުކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ހޯދައި، އެބިމުގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އައު އިމާރާތެއް ޒާމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

މިނިސްޓަރ ވިދާޅުވީ، މިސެންޓަރ ޤާއިމުވެގެންދިއުމުން ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި، ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ. މީގެއިތުރުން މިއިމާރާތުގައި ނެޝަނަލް ބްލަޑް ބޭންކްގެ ޚިދުމަތް ޤާއިމުކޮށް، އެޚިދުމަތްވެސް ރާއްޖޭގެ ހުރިހާ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ފޯރުކޮށްދެވިގެންދާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތަކީވެސް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ، ބައްލަވަމުންގެންދަވާ މަސައްކަތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ފަރުވާގެ ކަންކަން ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް އެކި ޤައުމުތަކުން މި ޚިދުމަތް ދެމުންގެންދާގޮތް ހޯދައި ބަލައި ދިރާސާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަދި މިކުރެވުނު މަސައްކަތުގެ އަލީގައި މިފަހަރު ބޯންމެރޯ ހަދަންދާކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބްކަމާއިއެކު ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު، މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ކުއްޖާ ބަލަހައްޓަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ހޮސްޕިޓަލުންދެއްވާ އިރުޝާދުތަކަށް އެއްބާރުލުންދެއްވާ، ބޯންމެރޯ ޓްރާންޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހުގައިވެސް ޤާވާއިދުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސަރވިސް (އެމް.ބީ.އެސް) އިން ވަނީ އިލްތިމާސްކޮށްފައެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *