ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށްޓަކައި، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިޢާޔަތްކުރާއިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބު ވިދާޅުވީ އަދި ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ އެ އިންތިޚާބަށް ޚަރަދުވާނެ ކަމަށެވެ.
އެންމެ މުހިންމު ކަމަކީ، މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން ކަމަށާއި، ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި
އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއް ކަމަށް ހަބީބު ވިދާޅުވިއެވެ.
މިހާރުން މިހާރަށް، އެފަދަ ވޯޓެއް ނެގުންވާނީ، ނާ މުމްކިން ކަމަކަށް."
ހަބީބު މިހެން ވިދާޅުވެފައި މިވަނީ މިއަދު ދަ ޑިމޮކްރެޓްސްގެ މެންބަރުން ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރަށް މަޖިލީހުގައި ބަހުސް ކުރައްވަމުންދާ ވަގުތެއްގައެވެ.