ޓީއެމްއޭ ގެ ނަމުގައި ފޮނުވާ ލިންކްތަކަށް ނުވަދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެދިއްޖެއެވެ.
ގިނަ ބަޔަކަށް ޓީއެމްއޭގެ ނަމުގައި ޑީއެޗްއެލް ޕެކޭޖެއްގެ ކަސްޓަމްސް ފީއަށް ފައިސާ ދެއްކުމަށް މެސެޖްތަކެއް އަންނަމުންދާތީ ފުލުހުން ވަނީ މިއީ ސްކޭމްއެއް ކަމަށް ބުނެ އެންމެންވެސް ސަމާލުވުމަށް އެދިފައެވެ.
ފުލުހުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރެއްވި ޓްވީޓއްގައި ބުނީ މިމެސެޖްތަކުގައިވާ ލިންކްތަކަށް ނުވަނުމަށާއި ކޭޝްކާޑުގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ވަނީ އެދިފައެވެ.