ޅ.ކުރެންދޫއަށް ބޯކޮށްވާރޭވެހި ފެންބޮޑުވެއްޖެއެވެ.
ރެއިން ފެށިގެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެމްއެންޑީއެފް ނޮދަން އޭރިޔާގެ އެހީތެރިކަމާއި އެކު އެރަށުގައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަދި މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރެންދޫ ކައުންސިލާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.


ކުރެންދޫގެ ގެތަކަށްވެސް ފެންވަދެ އާންމުންނާއި ވިޔަފާރިތަކަށްވެސް ވަނީ ގެއްލުންވެފައެވެ.

ވިއްސާރައިގެ ސަބަބުން ކުރެންދޫގެ ބައެއް ގެތަކަށް ފެންވަދެ ކަރަންޓްގެ ހިދުމަތްވެސް މެދު ކެނޑުނެވެ. އަދި މިއަދު އެރަށު ސުކޫލުވެސް ވަނީ ބަންދުކޮށްފައެވެ.

ރޭ އިރާކޮޅުން ފެށިގެން ފަތިސް ވަންދެން ވާރޭ ވެހެމުގރ ސަބަބުގެ ފޫޓެއްހާ އުސްމިނަށްވެސް ބައެއް ގޭގޭގައި ފެން އޮތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *