އަލީ އާޒިމް/ ފޮޓޯ: މިހާރު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ރައީސް އިބްރާހިމް މުހއްމަދު ސޯލިހު ބަލިކުރުމަށްފަހު ޑރ. މުހައްމަދު މުއިއްޒުވެސް ވަރަށް އަވަހަކަށް ވެރިކަމުން ބޭލުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮތެއް ނިންމުމަށް ރޭ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސުކޫލުގައި ދަ ޑިމޮކްރެޓްސްއިން ބޭއްވި އިންޓަރިމް ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ޑިމޮކްރެޓުން އެކަނި ނިކުމެގެން ރާއްޖޭގެ ރައްޔިތުންނަށް އެހެން ގޮތެއް ހޯދައިދެވެން އޮތްތޯ ވިސްނާލަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ހިތްވަރާއި އެކު އެކަން ކުރެވެން އެބައޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.

ރައީސް ސޯލިހު ބަލިކުރުމަށް އާޒިމް ގޮވާލެއްވި އިރު ޑިމޮކްރެޓްސް އިން އަންނަނީ ޕީޕީއެމް/ޕީއެންސީ އާއި އެކު ދެވަނަ ބުރަށް ގޮތެއް ނިންމުނަށް މަޝްވަރާތައް ކުރަމުންނެވެ.

އިންތިހާބުގެ ދެވަނަ ބުރަށް އަދި ގޮތެއް ނުނިންމުނި ނަމަވެސް ޕީޕީއެމް އިން ބުނެފައިވަނީ ޑިމޮކްރެޓްސް އިން ހުށަހެޅި ބައެއް ކަންކަމަށް މިހާރުވެސް އެއްބަސްވެވިފައިވާ ކަަމަށެވެ.

ޑިމޮކްރެޓްސްއިން ބޭނުން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގެ ކުރިން ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *