ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް (28އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ 17 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ހެނދުނު ފުލުހުން އޭނާގެ ފޮޓޯ އާންމުކޮށް އެކްސްގައި ބުނެފައިވަނީ އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 15 ވަނަ ދުވަހުކަަމަށް އާއިލައިން ބުނާ ކަމަށެވެ. ނާޠިފް އޭރުލައިގެންހުރީ ރުއްތަކެއް ޖަހާފައިހުރި ގަމީހަކާއި ސޯޓެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ނާޠިފް ޢަބްދުއްސަލާމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *