ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް މުޙައްމަދު ހިމެނޭހެން 3 މެންބަރެއްގެ ދައުރު ހަމަވެ މަޤާމުން ވަކިވެއްޖެއެވެ.

ޕީސީބީގެ ރައީސްގެ އިތުރުން ދައުރު ހަމަވެ މަޤާމުން ވަކިވެފައިވަނީ އެބޯޑުގެ މެންބަރު ރުޝާހާ އަޙްމަދު ޝަރީފްއާއި، އަލީ ޝަފީޢުއެވެ. އެތިން ބޭފުޅުންގެ މެންބަރުކަމުގެ މުއްދަތު ހަމަވެފައިވަނީ މިމަހުގެ 16 ވަނަ ދުވަހަށެވެ.

އާޞިމް މުޙައްމަދު ޕީސީބީ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް ފުރަތަމަ އައްޔަން ކުރައްވާފައިވަނީ އެ ބޯޑުގެ ނައިބްރައީސްގެ ގޮތުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި ބޯޑުގެ ރައީސްގެ މަޤާމަށް އޭނާ އައްޔަން ކުރެއްވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ. އަދި މެންބަރު އަލީ ޝަފީޢު އާއި ރުޝާހާ އަޙްމަދު ޝަރީފް ބޯޑު މެންބަރުކަމުގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.

ޕީސީބީން ބުނީ ހުސްވެފައިވާ އެބޯޑުގެ ރައީސްގެ މަޤާމާށް މީހަކު އައްޔަން ކުރެވެންދެން، ރައީސްގެ ޒިންމާތައް ނަންގަވަމުން ގެންދަވާނީ ނައިބް ރައީސް މުޙައްމަދު ފިރާޟްކަމަށެވެ.

ގާނޫނުގައިވާ ގޮތުން ބޯޑުގައި ތިބެން ޖެހެނީ ހަތް މެމްބަރުންނެވެ. މެމްބަރުންގެ ދައުރަކީ ހަތަރު އަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *