މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ބާއްވާނެ ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ހުށަހަޅުއްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެންޕެއިނަށް މިއަދު ހަވީރު ހެންވޭރުގެ ބައެއް ގެތަކަށް ދޮރުން ދޮރަށް ހިންގެވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދު އާއި ފޯނުން ގުޅުއްވާ މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ޑިމޮކްރެޓްސް އިން ބޭނުންވަނީ މިމަހުގެ 25 ގައި ނިޒާމީ ވޯޓެއް ނެންގެވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ރިޔާސި އިންތިޚާބަށްފަހު ނިޒާމީ ވޯޓެއް ނެގޭނެ ގޮތެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ނަޝީދު އަރިހުގައި ދެއްނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު އާއިއެކު ކުރެވުނު މަޝްވަރާގައި، މިހާރު މަޖިލީހުގައި އޮތް ގަރާރު ފާސް ކުރުމަށްފަހު އެމަނިކުފާނަށް ފޮނުއްވުމަށް ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއަށްފަހު ލިޔުމަކުން އެމަނިކުފާނު އިލެކްޝަންސް އަށް ރިކުއެސްޓް ކުރައްވާނެ ކަމުގައި ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން އެމްޑީޕީ އާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރުން އޮތީ ޑިމްކްރެޓްސްގެ އަތްމަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ބުރުގައި ޑިމޮކްރެޓްސް އާއި އެކު މަސައްކަތް ކޮށްފިނަމަ އެމްޑީޕީ އަށް ލިބިގެންދާނެ ވޯޓް މަދުވާނެ ކަމަށް ދެކެވޭ ވާހަކަ އަށް ރައްދު ދެއްވާ ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް އަށް ލިބުނު 15000 ވޯޓުގެ ބޮޑު ބައެއް، ނަޝީދު ވަޑައިގެންފި ނަމަ ލިބިގެންދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *