ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް-- ފޮޓޯ: ސަންއެމްވީ

މިހާތަނަށް ނުހެދި ހުރި ބައެއް ރިސޯޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާއަށް ލުޔެއް ދެއްވުމަށް ސަރުކާރުން ނިންމެވީ، އެ ރަށްތަކުގައި ރިސޯޓް ހިންގުމަށް އެހީތެރިވެދީ، ޓޫރިޒަމްގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް މަގުފަހިކުރުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ، ކުރިން ގެންގުޅުނު ބޮޑު ރޭޓުގައި އަރާފައިވާ ޖޫރިމަނާތައް ކުޑަކުރުމުން ޖޫރިމަނާތައް ދައްކަންޖެހޭ ތާވަލު އިސްލާހުކޮށް، އަލުން އެއްބަސްވުންތައް ހަދަމުން އައިސްފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކުލީގެ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާއަށް ލުއިދިނުން ފިޔަވައި އިތުރު އެއްވެސް ފީއެއް މައާފްކޮށްފައި ނުވާނޭކަމަށެވެ. އަދި މިހާރު ހިނގަމުންދާ ރިސޯޓަކުން ދައްކަންޖެހޭ ޖޫރިމަނާއަކަށްވެސް ލުއިދީފައި ނުވާނޭކަމަށް މައުސޫމް ވިދާޅުވިއެވެ.

ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށް ދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސް ރިސޯޓް ކުލީގެ ޖޫރިމަނާ ކުޑަކުރީ ކޮވިޑާ ގުޅިގެން 29 ޖުލައި 2019ގައެވެ.

ކުލި ނުދައްކައިފި ނަމަ، ނުދައްކައި އޮތް ކުލި ސަރުކާރަށް ދެއްކުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ކުލީގެ 0.5 ޕަސެންޓުގެ ޖޫރިމަނާއެއް ދައްކަން ޖެހުނެވެ. އެއީ އަހަރަކަށް ބަލާނަމަ 182.5 ޕަސެންޓެވެ. ނަމަވެސް ގަވާއިދަށް ގެނައި އިސްލާހާ އެކު ޖޫރިމަނާގެ ގޮތުގައި ދައްކަން މިހާރު ޖެހެނީ ކޮންމެ ދުވަހަކަށް 0.0493 ޕަސެންޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *