އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް

ހަދަމުންދާ ރިސޯޓުތަކުގެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ ޓޫރިޒަމް މިނިސްޓްރީން މާފުކޮށްދީފިއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ކުލީގެ ޖޫރިމަނާއިން ބޮޑު އަދަދެއް މާފުވެގެންދިޔައީ، ރިސޯޓު ކުލީގެ ޖޫރިމަނާ ރީސްޓްރަކްޗާ ކުރުމުގެ ތެރެއިންނެވެ. މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މާފުކޮށްދީފައި ވަނީ އޮޕަރޭޝަނަށް ނުގޮސްހުރި ރިސޯޓުތަކުގެ ކުލީގެ ޖޫރިމަނާ އެކަނިކަމަށެވެ. އަދި އޭގެތެރޭގައި އިތުރު އެއްވެސް ޖޫރިމަނާއެއް ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރިސޯޓްތަކުގެ ކުލީގެ ޖޫރިމަނާއަށް އަރާ ވަރު ކުޑަކުރީ 2020 ވަނަ އަހަރުއެވެ. އެގޮތުން ކުލީގެ ގޮތުގައި އަރާ އަދަދު ނިސްބަތުން 0.5 އިންސައްތަ 0.0493 އިންސައްތައަށް ވަނީ އޭރު ކުޑަކޮށްފައެވެ.

މީރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރިސޯޓު ކުލީގެ ޖޫރިމަނާގެ ގޮތުގައި 13.4 ބިލިއަނަށް ވަނީ އަރާފައެވެ.

ރިސޯޓް ކުލީގެ ޖޫރިމަނާގެ ބޮޑުބައެއް މާފުކޮށްދިން އިރު މިދިޔަ އަހަރު ވަނީ ރިސާޓުތަކުގެ ބިމުގެ ކުލި ކުޑަކުރުމަށް ޓޫރިޒަމް ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *