ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ، އަލީ ރިޝާން -- ފޮޓޯ: ޕޮލިސް

ފުލުހުން ގެއްލިގެން ހޯދަމުންދިޔަ އއ. މާޅޮސް، ހުސްނޫވިލާ، އަލީ ރިޝާން ފެނިއްޖެއެވެ.

އޭނާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އާއިލާއިން އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފައި ވަނީ ޚަބަރެއް ނުވާތާ ގާތްގަނޑަކަށް 2 ހަފްތާ ވުމުންނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުގައި ބުނީ ރިޝާން މިހާރު އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލުވެސް ރަނގަޅުކަމަށެވެ.

އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުންދިޔައީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރަމުންނެވެ. ގެއްލުނު ޒުވާނާ އަކީ މާލޭގައި ދިރިއުޅޭ ފަރާތެއް ކަމަށް ފުލުހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *