ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ 4 މަސްބޯޓެއް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިއީ ސްރީލަންކާގެ މަސް ބޯޓުތަކެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.
މިބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އދ. މަހިބަދޫ "އަސުރުމާ" މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް ކޯސްޓްގާޑުން ބުނެއެވެ.
މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.