އިސްކަންދަރު ސުކޫލު ހޯލުގައި ވޯޓުލުން ފެށިގެން ކުރިޔަށް ދަނީ

ރިޔާސީ އިންތިޚާބާ ގުޅިގެން ޤައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައިވާ، އިލެކްޝަންސް ކޮމިޝަނުގެ އިޙްތިޞާސްތެރޭގައި ނުހިމެނޭ 4 މައްސަލައެއް މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އޭސީސީއަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީ އިން ބުނީ އެ ނޫން އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް، އިންތިޚާބީ ރިޝްވަތާ ގުޅޭގޮތުން އަދި އިންތިޚާބާ ގުޅިގެން ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން ނަމަވެސް ނުވަތަ އެހެން ފަރާތަކުން އީސީއަށް ހުށައަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އޭސީސީއަށް ފޮނުވާފައިނުވާ ކަމަށެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން މިހާތަނަށް ސީދާ ސިޔާސީ ޕާޓީތަކުން އޭސީސީއަށް ހުށައަޅާފައިވަނީ ޖުމްލަ 3 މައްސަލަ ކަމަށް އޭސީސީ އިން ބުނެއެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވަނީ ޖުމްލަ 32 މައްސަލަ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *