ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާމެދު ދަ ޑިމޮކްރެޓްސް ގޮތެއް ނިންމުމަށް މިރޭ ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
މިރޭ 09:00 ގައި ބާއްވާ މި ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައެވެ.
މި ކައުންސިލް ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގައި ވަކި ޕާޓީތަކަށް ތާއީދު ކުރާނީތޯ ނުވަތަ ނޫންތޯ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.
އެހެންކަމުން ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީންވެސް އަންނަނީ ޑިމޮކްރެޓްސް އާއި އެކު މަޝްވަރާތައް ކުރިޔަށް ގެންދަމުންނެވެ.