މެޑަމް ފަޒްނާ، ހިޔާ ފްލެޓް ސަރަހައްދުގައި

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދަށް އިއްޔެ ހަވީރު ވަޑައިގެންނެވުމުން އެކަމަނާއަށް ހުރަސް އަޅަން ބަޔަކު ކުރި މަސައްކަތް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުށްވެރިކޮށްފިއެވެ.

އެޗްއާރްސީއެމުން މިއަދު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އިއްޔެގެ ވަގުތެއްގައި ކެމްޕެއިން ހަރަކާތެއްގައި ހުޅުމާލެ ފޭސް 2 ސަރަޙައްދުގައި ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސް އެޅި އެޅުން އެ ކޮމިޝަނުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެޗްއާރްސީއެމުން ބުނެފައިވަނީ އިންތިހާބުގައި ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށެވެ. އޭގެ އިތުރުން އެ ކޮމިޝަނުން ބުނީ، ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އިހުތިރާމް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ވާޖިބެއް ކަމަށެވެ.

ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި، ނަފްސަށް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެޗްއާރްސީއެމުން ގޮވާލާފައިވެއެވެ. އަދި ސިޔާސީ ޕާޓީތަކުންނާއި، ސިޔާސީ އިސް ފަރާތްތަކުން މިފަދަ އަމަލުތަކަށް ހިތްވަރުނުދެއްވުމަށް ވެސް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

ފަޒްނާ ހިޔާ ސަރަހައްދަށް އިއްޔެ ވަޑައިގަތުމުން އެތަނުގައި ބަޔަކު ވަނީ އެކަމަނާ އާއި ދިމާއަށް ވަރަށް ހުތުރުކޮށް މުހާތަބުކޮށްފަ އެވެ. ނަމަވެސް އެކަމަނާ ވިދާޅުވީ، އެފަދަ ކަންކަމުން ލިބެނީ ހިތްވަރު ކަމަށާއި ކެމްޕެއިނަށް ވެސް ކުރީ ފައިދާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *