ކޯރަމް ހަމަނުވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުން ލަސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ތާވަލު ކޮށްފައިވަނީ 09:00 އަށެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާ ނުފެށި ލަސްވަނީ ކޯރަމް ހަމަނުވާތީ ކަމަށެވެ.
މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާ ފެށެނީ 22 މެންބަރުން ހާޒިރުވުމުންނެވެ.
ނަޝީދު ވިދާޅުވީ ކުޑައިރުކޮޅެއް މަޑުކޮށް ބަލަމުން ގެންދަވަނީ ޖަލްސާ ފެށުމަށް އިތުރު ދެ މެންބަރުން އަދި ބޭނުންވާތީ ކަމަށާއި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން މަޖިލީހުގެ ކުޑަ ދޮށުގައި ތިއްބެވި ކަމަށެވެ. އަދި އެ ބޭފުޅުން އެތެރެއަށް ވަދެވަޑައި ނުގަންނަވާ ސަބަބެއް އެމަނިކުފާނަށާއި މަޖިލީހުގެ އަމީންއާމަކަށްވެސް އޮޅުން ފިލާފައި ވަޑައިގެންފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު އަނެއްކާ ވެސް މަސައްކަތްކުރާނަން އެބޭފުޅުންނާ ވާހަކަ ދައްކައިގެން މަޖިލިސް ފެށޭނެ ގޮތެއް އޮތްތޯ،"
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެންބަރު މުހައްމަދު އަސްލަމް ކޯރަމް ހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.