ސައުދީ އަރަބިއްޔާއަށް އުމްރާއަށް ދާ އަންހެނުން ހެދުން އެޅުމުގައި އަމަލުކުރަންވީ އުސޫލު ކަނޑައަޅައިފިއެވެ.

ސައުދީ އަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ މުޤައްދަސް ބިނާތަކަށް ޒިޔާރާތްކުރާއިރު އެކަށީގެންވާ ހެދުމެއް އަޅަންޖެހޭނެ ކަމުގައި ކަނޑައަޅައި އެކަމާއި ގުޅޭ ގައިޑްލައިނެއް ނެރެފައެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އުމްރާގެ އަޅުކަމަށް ދާ އަންހެނުން ލާ ހެދުމަކީ ގަޔަށް ދޫ ހެދުމަކަށް ވާން ޖެހޭނެކަމަށެވެ. އަދި ޒީނަތްތެރި ކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ހެދުމުގައި ހުރެގެންނުވާނެ ކަމަށާއި ހެދުމުން މުޅި ހަށިގަނޑު ނިވާވާން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މި ގައިޑްލައިންގެ ތެރެއިން އަންހެނުންނަށް އިޚްތިޔާރުކުރާ ހެދުމެއް އެޅޭނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *