ރިޔާސީ އިންތިޚާބު 2023. ފޮޓޯ: ވަން

ރިޔާސީ އިންތިހާބުގެ ދުވަނަ ބުރުގައި ވޯޓުލުމަށް 47،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކުރަން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެވަނަ ބުރުގައި 47،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރޭޝަނަށް ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން 19،000 އަށް ވުރެ ގިނަ ފޯމު އިއްޔެގެ ނިޔަލަށް ރަޖިސްޓްރީ ކޮށްދެވިފައި ވާނެ ކަމަށެވެ. އަދި މިހާރު 27،000 އަށް ވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އީސީން ކުރަމުންދާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީން ކަމަށެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމް އެވެ.

ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ. އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ހިއްސާ ކުރާނެ،"

ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 42،867 މީހުން ވަނީ ރީ-ރަޖިސްޓްރޭޝަނަށް ހުށަހަޅާފައެވެ. އެ ދުވަހު ވޯޓުލީ މިހުންގެ ނިސްބަތް އެ އެހެން ފަހަރުތަކުގެ ވޯޓުލާ ނިސބަތާ ބަލާފައި ބޮޑު ތަނުން ދަށްކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *