މާލެއިން ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އއ. މާޅޮސް / ހުސްނޫވިލާ، ޢަލީ ރިޝާން (21އ) ކަމަށެވެ. ރިޝާން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ރިޝާން މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެހަފުތާ ކުރިން ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ ރިޝާންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅައި ހިއްސާކުރަން އެދިފަ އެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *