ހިޔާ ސަރަޙައްދުގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން -- ފޮޓޯ: ސޯޝަލް މީޑިއާ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހްގެ ކެންޕެއިން އަށް އެ މަނިކުފާނުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު ހިޔާ ސަރަހައްދަށް މިއަދު ވަޑައިގަތުމުން، އެކަމާ ދެކޮޅަށް ހިޔާ ފްލެޓް ސަރަޙައްދުގައި މުޒާހަރާކޮށްފިއެވެ.

ހިޔާ ސަރަޙައްދުގައި މުޒާހަރާ ކޮށްފައިވަނީ ޕީޕީއެމް/ޕީއެންސީ އަށް ސަޕޯޓްކުރާ ފަރާތްތަކުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ސޯލިހް އާއި މެޑަމް ފަޒްނާ އަށް ނިންބަތްވާ ގޮތަށް ހަޑިހުތުރު ބަހުން މުޚާތަބު ކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި، ރައީސް ސޯލިހަށް ތާއީދު ހޯއްދެވުމުގެ ގޮތުން މެޑަމް ފަޒްނާ މިއަދު ހަވީރު ހިޔާ ސަރަޙައްދައް ވަޑައިގަތުމުން އެ ސަރަޙައްދައް އެއްވެތިބި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވަނީ އަޑުގަދަކޮށް، ހަޑިހުތުރުބަސް ބޭނުންކޮށް މުޒާހަރާ ކޮށްފައެވެ.

އަދި އެ ވަގުތު އެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ފުލުންވެސް ވަނީ ޚަރަކާތްތެރިވެފައެވެ. މުޒާހަރާގެ ތެރެއިން ފުލުހުންނަށް ނުކިޔަމަންތެރިވި މީހެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ މީހާ މިހާރު ވަނީ ދޫކޮށްލާފައެވެ.

މެޑަމް ފަޒްނާ ހިޔާ ފްލެޓުތަކަށް ވަދެވަޑައިގަންނަ ދިޔަ ވަގުތު ވެސް މުޒާހަރާގެ ބައިވެރިން ވަނީ އެކަމަނާއަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުން މުއާމަލާތް ކޮށްފައެވެ. އަދި އެކަމަނާ ހިޔާ ސަރަހައްދު ދޫކޮށް ވަޑައިގެންނެވި ވަގުތު ވެސް އެކަމަނާ އާއި އަރާ ހަމަކޮށް ވަނީ ހުތުރުކޮށް މުހާތަބުކޮށްފައެވެ.

 

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *