ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން ގާސިމް އިބްރާހިމް

ޕާޓީގެނަން ބޭނުން ނުކޮށް ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް އެ މެންބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ގާސިމް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި  ވިދާޅުވެފައިވަނީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެގޮތަށް ނިންމެވި ނަމަވެސް އެ ނިންމުމުގެ ސަބަބުން މެންބަރުންގެ ހައްޤަކަށް އުނިކަމެއް އަތުވެދާނެކަމަށް ފެންނާތީ، ޕާޓީގެނަން ބޭނުން ނުކޮށް އެމެންބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމަށެވެ.

ޖޭޕީން އެއްވެސް ޕާޓީއަކާއިއެކު ކޯލިޝަން ނުހަދަން ނިންމާފައިވާނީ ވޭތުވެ ދިޔަތަނުގައި ކޯލިޝަން ހަދައިގެން 3 ފަހަރުމަތީންވެސް ލިބުނު ހިތި ނަތީޖާ އަށް ބެލުމަށްފަހުގައި ކަމަށް ގާސިމް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *