އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައްޗަންގޮޅީ އުތުރު ދާއިރާގައި ދޮރުން ދޮރަށް ހިންގަވާ މިއަދު ހަވީރު ކެމްޕޭން ކުރިޔަށް ގެންދަވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވުމަށް ތާއީދު ހޯއްދެވުމުގެ ގޮތުން ރައީސް އާއި ގުޅިފައިވާ ޕާޓީތކުން އަންނަނީ ކެމްޕެއިން އިތުރަށް ވަރުގަދަ ކޮށްފައެވެ.
ރައީސް ސޯލިހު ވަނީ ރޭ ސޯސަން ޖަގަހައިގައި ކެމްޕޭން ޓީމުތަކާއިވެސް ބައްދަލުކުރައްވާފައެވެ. އެމްޑީޕީއަށް އިންތިހާބުގެ ފުރަތަމަ ބުރުގައި މަދުން ވޯޓު ލިބުނީ އިދާރީ ކަންކަން ފުރިހަމަ ނުވުމާއި އަދިވެސް ހެދިފައިވާ ގޯސްތަކެއްގެ ސަބަބުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް މި ފަހަރު ކުރިޔަށް ނެރެފައިވާ ފޯވާޑުންނާއި އެކު ގޮސް އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިރޭ 21:30 ގައި މާފަންނު ސަހަރާ ހުޅަނގުގައި ބާއްވާ ކަންމަތީ ބައްދަލުވުމުގައި ރައީސް ސޯލިހް ބައިވެރިވެ ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.