ފަޅުރަށް ދޫކުރުމުގެ ގަވާއިދުގެ ދަށުން ސަރުކާރުގެ އަމިއްލަ އިސްނެގުމުގެ މަތިން ގއ. ހުރެންދޫ ބެލެހެއްޓުން ގއ. ކޮލަމާފުށި ކައުންސިލާއި ހަވާލުކޮށްފިއެވެ.

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމަށް މި ރަށް ކޮލަމާފުށީ ކައުންސިލާއި ހަވާލުކޮށްފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މި ރަށް ހަވާލުކޮށްފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤްތިޞާދީ ބޭނުންތަކަށް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ނިންމެވުމާއި ގުޅިގެންނެވެ.

ހުރެންދޫ، ގއ. ކޮލަމާފުށި ކައުންސިލާ ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީންއެވެ.

ކަމާލުއްދީންއެވެ. އަދި، ގއ. ކޮލަމާފުށީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ރަށު ކައުންސިލްގެ ނައި ުބ ރައީސް ޝަހާމަތް ހަނީފް އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *