ކުރީގެ ރައީސް އަބްދުﷲ ޔާމީން/. ފޮޓޯ: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ބައްދަލުކުރެއްވުމަށް ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް ދެކޮޅު ހައްދަވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ ރައީސް ނަޝީދާއި ބައްދަލުކުރެއްވުމަށް ރައީސް ޔާމީން އިއުތިރާޒު ކުރެއްވުމުން، އެކަން ލިޔުމުން މިއަދު މަޖިލީހަށް އަންގާފައިވާނެ ކަމަށެވެ.

ރައީސް ނަޝީދު ވަނީ މިއަދު މާފުށީ ޖަލުގައި ޔާމީން އާއި ބައްދަލުކުރެއްވުމަށް އެދިވަޑައިގެން އިންތިޒާމުތައް ހަމަޖައްސަވާ ދެއްވުމަށް މަޖިލީހުގެ އަމީން އާންމުގެ އަރިހުގައި އެދިވަޑައިގެންފައެވެ.

ނަޝީދު ޔާމީން އާއި ބައްދަލުކުރައްވަން ބޭނުންފުޅުވަނީ ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން މަޝްވާރަކުރެއްވުމަށެވެ.

ރިޔާސީ އިންތިހާބު 2023ގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލިޔާސް ލަބީބަށް 3 ވަނަ ލިބުމާއި އެކު ރައީސް ނަޝީދު ވެފައިވަނީ "ކިންގް މޭކާ" އަށެވެ. އެހެންނަމަވެސް މި ފަހަރު އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑޮމިކްރެޓްސްގެ ތާއީދޫ ބޭނުންނަމަ "ކިންގް މޭކާ" ދެ ފަރާތަށްވެސް ހުށަހަޅުއްވަނީ މި އަހަރު ނިމުމުގެ ކުރިން ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

އެކަމަށް ޕީޕީއެމް އިން ވަނީ ދެކޮޅު ހަދާފައެވެ. އެހެންކަމުން ދެން އެމްޑީޕީން އެއަށް ތާއީދު ކުރާނީތޯ ނޫންތޯ ކަނޑައަޅަންދެން ޑިމޮކްރެޓްސް އިން ގޮތެއް ނުނިންމާ ތިބީ މަޑުކޮށްގެންނެވެ.

ދޮން މަނިކު ސްކައި ވިއު ރެސްޓޯރެންތްގައި ޑިމޮކްރެޓްސްގެ ބައެއް މެންބަރުންނާއި އެކު އިއްޔެ މެންދުރު ފަހު ބޭއްވި ބައްދަލުކުރެއްވުމެއްގައި ނަޝީދު ވިދާޅުވީ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ރައީސް ޔާމީން އާއި މަޝްވަރާ ކުރެއްވުމަށް ގަސްދު ކުރައްވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *