ސަރުކާރުން އަޅާ ވިނަރެސް ފްލެޓްތައް

ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތައް ޑައުންޕޭމެންޓް އަދަދުގެ 15 އިންސައްތަ ދެއްކުމުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އާބަންކޯ އިން ބުނެފިއެވެ.

އާބަންކޯގެ އިން ނެރުނު ބަޔާނެއްގައި ބުނީ 3 މަސްދުވަހުގެ ތެރޭގައި ޑައުންޕޭމެންޓްގެ އަދަދު އެއްކޮށް ދައްކައި ނިމުމުން ޔުނިޓްގެ ތަޅުދަނޑި ހަވާލުކުރެވިގެންދާނެ ކަމަށެވެ. އަދި އެއާއިއެކު ގަނެވިއްކުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލްތަކަށް އަމަލު ކުރެވިގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ވިނަރެސް އެޕާރޓްމެންޓްތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އަރބަންކޯ އިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ކުރިމަތިނުވެ ވަރަށް ފުރިހަމަކަމާއިއެކު ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެއް ކަމަށް އާބަންކޯ އިން ބުނެއެވެ.

10 ޓަވަރުގެ ވިނަރެސް މަޝަރޫޢަކީ އަރބަންކޯއިން ފުރަތަމަ ފަހަރަށް މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިންގާ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މަޝްރޫޢުއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *