ރީޖަނަލް ޕޯޓުތަކަށް ޓްރާންސްޝިޕްކޮށް އުފުލާ ކޮންޓެއިނަރުތަކުން ނަގާ ފީ އެމްޕީއެލްއިން ކުޑަކޮށްފިއެވެ.

އެމްޕީއެލްއިން ބުނީ، މާލެ ކޮމާޝަލް ހާބަރާއި ހުޅުމާލެ އިންޓަނޭޝަން ޓަރމިނަލުން ރީޖަނަލް ޕޯޓުތަަކަށް ޓްރާންސްޝިޕްކުރާ ލޭޑަން ކޮންޓެއިނަރުތަކުގެ ހޭންޑްލިން، ވޯފޭޖް ޗަރޖް، އެމްޕްޓީ އަންލޯޑިން ސްޓީވަރޑޯރިން އަދި ހޭންޑްލިން ޗާޖަސް ކުޑަކޮށްފައިވާކަމަށެވެ. އަދި ފީތައް ކުޑަކޮށް ގެނައި ބަދަލަށް މިމަހުގެ 15ވަނަ ދުވަހުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.

އަގަށް އައި ބަދަލުތަކަށް ބަލާލާއިރު 20 ފޫޓުގެ ކޮންޓެއިނަރެއް ކުރިން ލޯޑު ކުރުމަށް ނަގަމުން އައި 1772 ރުފިޔާގެ ފީ، މިހާރު ވަނީ 1292 އަށް ކުޑަކޮށްފައެވެ. އަދި 45 ފޫޓު ކޮންޓެއިނަރުގެވެސް ލޯޑިން ފީ އިން ގާތްގަނޑަކަށް 1200 ރުފިޔާ ވަނީ ކުޑަވެފައެވެ.

އެމްޕީއެލްއިން ބުނީ މި ހެޔޮ ބަދަލާއިއެކު ކުދި ވިޔަފާރިތަކާއި އަތޮޅުތަކަށް މުދާ ގެންދާ ވިޔަފާރިވެރިން ސަޕްލައިއަށް ކުރާ ހޭދަ ކުޑަވާނެކަމަށެވެ.

އެމްޕީއެލްއިން ދަނީ ވިޔަފާރިވެރިންނަށް ފަސޭހަ، އަތްފޯރާ ޚިދުމަތެއް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަސޭހައިން މުދާ ބާލާ، އުފުލޭނެ ގޮތާއި، އަދި ޕޯޓުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.

އެމްޕީއެލްގެ ޕޯޓަށް އެވްރެޖްކޮށް ދުވާލަކު 187 ކޮންޓެއިނަރުގެ މުދާ ހުސްކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *