ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ވޯޓުލުމަށް ހަމަޖެހިފައިވަނީ ރަގަޅު ފޮށްޓަށްކަން ކަށަވަރު ކުރެއްވުމަށް ގުޅިފަިވާ ޕާޓީތަކުން އެދިވަޑައިގެންފިއެވެ.

ގުޅިފައިވާ ޕާާޓީތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރީރެޖިސްޓްރޭޝަން މަސައްކަތް އިތުރު ޖޯޝާއެކު ކުރިއަށް ގެންގޮސް މިއަދު ހަވީރު 4:00 އާ ހަމަޔަށް ރީ-ރަޖިސްޓަރ ކުރަންޖެހޭ ހުރިހާ ރައްޔިތުން ރީ-ރަޖިސްޓަރ ކުރުމަށް ހުރިހާ ހަރަކާތްތެރިންނާއި ލޮބުވެތި ރައްޔިތުންނަށް ގޮވާލާ ކަމަށެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރީރެޖިސްޓްރޭޝަން މަސައްކަތުގައި ވޭތުވެ ދިޔަ މަދު ދުވަސްތަކުގެ ތެރޭގައި މުޅި ރާއްޖޭގައި ހަރަކާތްތެރިވާ އެމްޑީޕީއާއި ގުޅިގައިވާ ޕާޓީތަކުގެ ހަރަކާތްތެރިންނާއި މިރާއްޖެ އަލުން އަނބުރާ އަނިޔާވެރި އަނދިރި މާޒީގެ ތެރެއަށް ދިއުމަށް ނޭދޭ އާންމު ރައްޔިތުން ކުރި އަދި ކުރަމުންދާ މަސައްކަތަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގެ ފަރާތުން ޝުކުރުވެރިކަމާއެކު މަރުހަބާ ދަންނަވާފައެވެ.

އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް އަށް ތާއިދުކުރައްވާ ރައްޔިތުންނަށް އޮޅުވާލައިގެން ދުރު ސަރަހައްދުތަކަށް ރީ-ރަޖިސްޓަރ ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

އެހެންކަމުން ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ވޯޓުލުމަށް ހަމަޖެހިފައިވަނީ ރަގަޅު ފޮށްޓަށްކަން ކަށަވަރު ކުރެއްވުމަކީ ގުޅިފައިވާ ޕާޓީތަކުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ވޯޓުލުމަށް ރަޖިސްޓަރ ވެފައިވާ ފޮށި ޔަގީންކުރުމަށް VR ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލުމަށްފަހު އައި.ޑީ.ކާޑު ނަންބަރު ޖެއްސެވުމަށްފަހު 1414 އަށް އެސް.އެމް.އެސް ކުރުމުން އެބޭފުޅަކު ވޯޓުލުމަށް ރަޖިސްޓަރވެފައިވާ ފޮށީގެ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން އެ ކެމްޕޭނުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން މަސައްކަތަށް ނޭދެވޭ ނުފޫޒު ފޯރުވާކަމަށް އިދިކޮޅުފަރާތްތަކުން އަޑުފަތުރަނީ ރިޔާސީ އިންތިޚާބުން ބަލިވާނެކަން އެފަރާތްތަކަށް ޔަގީންވާތީ އިންތިޚާބު ގަޑުބަޑުކޮށްލުމުގެ ބޭނުމުގައި ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި މިފަދަ އެއްވެސް ކަމެއް އެ ކެމްޕޭނުގެ ފަރާތުން ނުކުރާކަމަށާއި ނުވެސްކުރާނެކަމުގެ ކަށަވަރުކަން އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި އިންތިޚާބުގެ ކަންކަން އޮބްޒާވްކުރާ ފަރާތްތަކަށް ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ވަނީ އަރުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *