މާލެ ސިޓީ މޭޔަރު ކަމަށް އެމް.ޑީ.ޕީ ޓިކެޓުގައި ވާދަކުރެއްވި އަނަސް އަބްދުލް ސައްތާރު -- ފޮޓޯ: ޝަރުހާން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވާ މީހުންގެ އަދަދު އިތުރުވުމަކީ އދިކޮޅުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެ އެވެ.

އަނަސް މިހެން ވިދާޅުވީ މިއަދު ރީ-ރަޖިސްޓްރީ ކުރާ މީހުންގެ އަދަދު އާދަޔާ ހިލާފަށް ގިނަ ކަމަށް ވިދާޅުވެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ. މުއިއްޒު ވިދާޅުވެފައި ވަނީ ރީ-ރަޖިސްޓްރީ ކުރަން ހުޅުވާލި މުއްދަތުގައި 25،000 މީހުން ފޯމު ހުށަހެޅުމަކީ ސީރިއަސްކޮށް ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ.

އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީހާވެސް ގިނަ ރައްޔިތުން އެ ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގު ބޭނުން ހިފަން އުޅުމަކީ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

އެއީ ހިތްވަރުދީ، އެ ހައްގުގެ ބޭނުން ހިފާތީ އުފާ ކުރަންވީވަރުގެ ކަމެއް،"

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލުމުން ދެ ދުވަހުގެ ތެރޭގައި 25،493 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *