ރާއްޖޭގެ އުތުރުގެ ގިނަ އަތޮޅުތަކަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

އެ އިދާރާއިން ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މި އެލާޓް ހެނދުނު 6:00 އިން ފެށިގެން 10:00 އާ ހަމައަށް ނެރިފައިވާއިރު އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި، ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އެހެންކަމުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *