ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު "ފަސް ލަނޑު ތިން ލަނޑުން" ކާމިޔާބުކުރާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސޯސަން ޖަގަހައިގައި ކުރިޔަށްގެންދިޔަ ބައްދަލުވުމުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ދެވަނަ ބުރަކަށް ނިކުންނަވާއިރު ބޮޑު އެމްޑީޕީ އުފެއްދުމަށް އިސްކޮށް އުޅުނު މުހިންމު ބައެއް ބޭފުޅުން އެމަނިކުފާނުގެ ކެމްޕެއިނާއި ގުޅިވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. އެއީ ވަރަށް ބޮޑަށް އުފާ ކުރައްވާ އެކަމުން ޖޯޝާ ފޯރި އިތުރު ވެގެންދާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ އިންތިހާބު، ފުޓްބޯޅަ މެޗެއްގެ ގޮތުގައި ސިފަ ކުރައްވާ މި އިންތިހާބު ކާމިޔާބު ކުރައްވާނެ ގޮތް ވިދާޅުވެ ދެއްވާފައެވެ. އެގޮތުން މި މެޗުގެ ފުރަތަމަ ހާފު ނިމިއްޖެ ކަމަށާއި އަދި ދެވަނަ ހާފުގައި ނަތީޖާ ކަށަވަރުކަމާއެކު ބަދަލުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެން ނިކުމެ މިއޮތީ މެޗަކަށް. ފުރަތަމަ ހާފު ނިމިއްޖެ. ފުރަތަމަ ހާފު ނިމުމަކީ މެޗު ނިމުމެއް ނޫން. ބައެއް ފަހަރު ފުރަތަމަ ހާފުގައި ތިން ލަނޑު އެއް ލަނޑުން އެއް ބަޔަކު ބަލިވޭ. އަނެއް ބަޔަކު މޮޅުވޭ. އަޅުގަނޑުމެން މިއަދު މިތިބީ އެގޮތަށް ބަލާނަމަ ތިނެއް އެކެއްގެ ތަފާތަކުން،"

ރައީސް ވިދާޅުވީ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޮތް ފުރަތަމަ ބުރުގައި ގޯސްތަކެއް ހެދިފައިވާކަމަށެވެ. ވޯޓުލުމުގައި ފަރުވާކުޑަކުރެވިފައިވާކަމަށާއި ފުރަތަމަ ހާފް ގެއްލިގެންދިޔައީ އެކަމުގެ ސަބަބުންކަމަށެވެ. އެހެންކަމުން ފުރަތަމަ ކުރަންވީ ކަމަކީ ރީރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ ފުރުސަތުގައި އެކަން ރަނގަޅަށް ކުރުންކަމަށް ރައީސް ވިދަޅުވިއެވެ.

އެއަށްފަހު މީހުން ކައިރިއަށް ޑޯޓުޑޯއަށް ޓީމުތައް ހަދައިގެން ނިކުންނަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *