ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބުދުއްރަހްމާން - ސަން ފޮޓޯ

ޤައުމިއްޔަތު ދިރުވަން ބޭނުންނަމަ ދިވެހިބަހުން ކިޔަވައިދޭ މާއްދާތައް އިތުރުކުރަން ޖެހޭ ކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ޑރ. އަޝްރަފް މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ބަހުގެ އެކަޑަމީން މިއަދު ހަވީރު ބޭއްވި ޖަލްސާގައެވެ. ޑރ. އަޝްރަފް ވިދާޅުވީ ސުކޫލުތަކުގައި ހަމައެކަނި ދިވެހި މާއްދާ ދިވެހިން ކިޔަވައިދީގެން ފުއްދާލެވިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ.

ޕްރައިމަރީ ގުރޭޑްތަކުން ފެށިގެން ސެކަންޑަރީއާއި ހަމައަށް ދަރިވަރުން ސުކޫލުގައި އަށް ގަޑިއިރު ހޭދަކޮށް ހަފްތާއަކު 4 ދުވަހު އޮންނަ ދިވެހި ގަޑީގައި ދިވެހި ބަސް ދަސްކޮށްގެން ޤައުމިއްޔަތު ކުރިއެރުވިދާނެ ކަމާއި ސުވާލު އުފައްދަވަމުން ޑރ. އަޝްރަފް ވިދާޅުވީ އަދި އެގޮތަށް އެކަން ވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

ޑރ. އަޝްރަފް ވިދާޅުވީ، ދިވެހި ބަހަކީ ހަމައެކަނި ސުކޫލުތަކުގައި ކިޔަވައިދޭ މާއްދާއެއްގެ ގޮތުގައި އޮވެއްޖެނަމަ އަޅުގަނޑުމެންގެ ދީން އަތުން ބީވެގެން ހިނގައިދާނެ ކަމަށާއި، ގައުމުގެ އިސް ސަފުގައި ތިއްބެވި ވެރިން އެކަމާއި ވަރަށް ފުންކޮށް ވިސްނާ ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *