ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، މާފުށީ ޖަލުގައި ބަހައްޓަން ހަމަޖެހިފައިވާ ވޯޓު ފޮށްޓަށް ރީ-ރަޖިސްޓްރީ ކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޑރ. މުޙައްމަދު ޖަމީލް އަޚްމަދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުރަތަމަ ބުރުގައި ވޯޓްލެއްވުމުގެ ފުރުޞަތު ފަހިވާނެކަމަށް ކުރީގެ ރައީސް ޔާމީން އުންމީދުކުރެއްވި ކަމަށެވެ. ނަމަވެސް އެ ފުރުސަތު އެ މަނިކުފާނަށް ފަހިވެގެން ގޮސްފައި ނުވާކަމަށެވެ.

އެހެންކަމުން ދެވަނަ ބުރުގެ ވޯޓްލުމުގެ އިންތިޒާމް މިހާރު ވަނީ ފުރިހަމަ ކުރައްވާފައި ކަމަށް ޖަމީލް ވިދާޅުވިއެވެ.

ފުރަތަމަ ބުރުގައި ވޯޓުލުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިފައި ނުވަނީ، ރެޖިސްޓްރޭޝަން ފުރިހަމަ ކޮށްފައި ނުވާތީއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެއް ކެންޑިޑޭޓަކީ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވާ، ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒެވެ. ދެން ވާދަ ކުރައްވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ދެވަނަ ބުރުގެ ވޯޓު ނެގުން ކުރިޔަށްދާނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *