އިސްމާއީލް މާހިރު މިއަދު 16:40 އެހައިކަންހާއިރު މާލެއިން ވަނީ ފެނިފައި ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ގެއްލިގެން ހޯދަން ފުލުހުން އިއުލާނު ކުރި، ހއ. ދިއްދޫ، ގުލްފާމްގެ އުމުރުން 50 އަހަރުގެ އިސްމާއީލް މާހިރު އިއްޔެ ހުކުރު ނަމާދަށް ދާން ގެއިން ނުކުތް ގޮތަށް ހަބަރެއް ނުވެގެން، އާއިލާއިން ރިޕޯޓު ކުރުމުން މިއަދު ފުލުހުން ވަނީ އޭނާގެ ފޮޓޯ އާންމުކޮށްފައެވެ.
އޭނާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 1:08 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. މިއަދު ހަވީރު އޭނާ މާލެއިން ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.