ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ފޮޓޯ: ވަން

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް، ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަކީ އެއްގޮތަކަށްވެސް ކުރަން ކަމުދާ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ބަޔަކަށް ތާއީދު ނުކުރަން ނިންމަވާފައެވެ. އެ ޕާޓީގެ ކައުންސިލުން އެގޮތަށް ނިންމުމަށްފަހު މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ގާސިމް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަކީ އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫން ކަމަށެވެ.

ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނަސްފިނަމަ، ރާއްޖޭގެ ރައްޔިތުން މިހާރަށްވުރެ ނިކަމެތިވާނެ ކަމަށެވެ.

މިމަހު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ޑިމޮކްރެޓްސް އާއިއެކު ކޯލިޝަން ނުހެއްދެވި މައިގަނޑު ސަބަބަކީ އެއީ ކަމަށް ގާސިމް ވިދާޅުވިއެވެ. ޑިމޮކްރެޓްސްގެ ޝަރުތުތަކުގެ އެންމެ ކުރީގައިވެސް ހިމެނެނީ ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެނައުން ކަމަށް ގާސިމް ވިދާޅުވިއެވެ.

މި ޝަރުތުގެ ސަބަބުން އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ޑިމޮކްރެޓްސް އާއިއެކު ކޯލިޝަން ނުހެދުމަށް ނިންމާފައެވެ. އެހެން ކަމުން ޑިމޮކްރެޓްސް އިން މިހާރު ގެންދަނީ އެމްޑީޕީއާއި އެކު މަޝްވަރާ ކުރަމުންނެވެ.

އެމްޑީޕީން މި ޝަރުތު ގަބޫލުކޮށް މި މަހުގެ 25ގައި ނިޒާމީ ވޯޓެއް ނަގަން އެއްބަސް ވެއްޖެނަމަ، ދެވަނަ ބުރުގައި ރައީސް ސޯލިހް އާއިއެކު ޑިމްކްރެޓްސް އިން ކުރިއަށްދާނެ ކަމަށް ސިޔާސީ މަސްރަހުން ފާހަގަ ކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *